logologologologo
STO
ވިޔަފާރި

އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވަނަންސް އުސޫލުތަކަށް އަމަލުކުރި ކުންފުންޏަކަށް އެސްޓީއޯ

އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވަނަންސް އުސޫލުތަކަށް އަމަލުކުރި ކުންފުންޏަކަށް އެސްޓީއޯ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 20

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ފުރިހަމައަށް އަމަލުކޮށްފައިވާ ކުންފުންޏަކީ އެސްޓީއޯ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކުރި 2025 ވަނަ އަހަރުގެ ކޯޕަރޭޓް ގަވާނަންސް ރިވިއުގައި ހާމަކޮށްފިއެވެ.

މި އަހަރުގެ ޖޫން 30 އާ ހަމައަށް 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ޝާއިއުކޮށްފައިވާ ކުންފުނިތަކަށް އަމާޒުކޮށްގެން ސީއެމްޑީއޭއިން އެކުލަވާލި މި ރިޕޯޓުގައި، އެސްޓީއޯއިން ވަނީ 97.5 އިންސައްތައިގެ ކޮމްޕްލަޔަންސް ރޭޓެއް ހާސިލުކޮށްފައެވެ. މިއީ މި ރިވިއުގައި ބެލި ކުންފުނިތަކުގެ އެވްރެޖް ކޮމްޕްލަޔަންސް ރޭޓް ކަމަށްވާ 93 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.

ސީއެމްޑީއޭގެ ރިޕޯޓުގައި އެސްޓީއޯއިން ހާމަކަން ބޮޑުގޮތެއްގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރު އެސްޓީއޯގެ ޑިރެކްޓަރުންނަށް އަށް ތަމްރީނު ޕްރޮގުރާމް ފުރިހަމަކޮށް، އެކަމަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަކޮށްފައިވާތީ، މިއީ މާކެޓުގައި ޑިރެކްޓަރުންގެ ތަމްރީނާ ގުޅޭގޮތުން ހާމަކޮށްފައިވާ އެންމެ ފުރިހަމަ މައުލޫމާތު ކަމަށް ސީއެމްޑީއޭއިން ބުނެފައިވެއެވެ۔ މީގެއިތުރުން، އެސްޓީއޯގެ އިންޓަނަލް އޮޑިޓް އޮނިގަނޑާއި، ބޯޑުގެ ތިންބައިކުޅައެއްބައި ޑިރެކްޓަރުން ކޮންމެ އަހަރަކު އިންތިހާބަށް ހުށަހެޅެންޖެހޭ މިންގަނޑަށް ފުރިހަމައަށް އަމަލުކުރި ހަމައެކަނި ކުންފުންޏަކީވެސް އެސްޓީއޯއެވެ.

2026 ވަނަ އަހަރުގެ ރިޕޯޓިން ސައިކަލްގައި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" މަޖުބޫރުކުރަން ނިންމާފައިވާއިރު، މިހާރުވެސް އެ ފްރޭމްވޯކާ އެއްގޮތަށް ސަސްޓެއިނަބިލިޓީއާ ގުޅޭ މައުލޫމާތުތައް އާންމުކުރަމުންދާ ދެ ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނޭކަން ސީއެމްޑީއޭގެ ރިޕޯޓުގައި ވަނީ ޚާއްޞަކޮށް ފާހަގަކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް