logologologologo
STO
ޚަބަރު

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުން 690 ދަރިވަރަކު ދަސްވެނިވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުން 690 ދަރިވަރަކު ދަސްވެނިވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 09

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުން 690 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރައްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ އިސްބޭފުޅުންނާއި ތައުލީމީ ވުޒާރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި އިންސްޓިޓިއުޓުން މިއަހަރު ޖުމްލަ 55 ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި 55 ޕްރޮގްރާމްގައި ޖުމްލަ 690 ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 401 ފިރިހެން ދަރިވަރުންނާއި 289 އަންހެން ދަރިވަރުންނެވެ. އަދި ތަފާތު 9 ދާއިރާއަކުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ހަދައި، 42 ފަރާތަކަށް ވަނީ ސަނަދު ދީފައެވެ.

މީގެއިތުރުން 12 ދާއިރާއެއްގެ 17 ޕްރޮގްރާމަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 39 ދަރިވަރަކަށް ވަނީ އެކްސެލެންސް އެވޯޑް ދީފައެވެ.

މިއަހަރު މޯލްޑިވްސް ޕޮލިޓެކްނިކްގައި ޖުމްލަ 1132 ދަރިވަރުން އެންރޯލްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 708 ފިރިހެން ދަރިވަރުންނާއި 424 އަންހެން ދަރިވަރުންނެވެ.

ޕޮލިޓެކްނިކް އުފެދިގެން އައީ ޢަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ޚާއްސަ އިންސްޓިއުޓެއްގެ ގޮތުގައެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ޕޮލިޓެކްނިކްގެ ގޮފިތައް އަންނަނީ ހިންގަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް