މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއެކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރް އެޑިއުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، މުޙައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫޢުގެ ދަށުން، 3 ފަންގިފިލާގެ ޢިމާރާތެއް ބިނާކޮށް، އެތާގައި 10 ކްލާސްރޫމް، 1 ލައިބްރަރީ، 1 އޭވީ ރޫމް އަދި 1 ހެލްތު ރޫމް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ 18.80 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.
1020 މީހުންގެ އާބާދީއެއް އޮންނަ މ. މުލީ ސްކޫލުގައި 240 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން އެބަދެއެވެ. މުއްޔަކީ އަތޮޅު ވެރިކަން ކުރާ ރަށަށްވުމާއެކު، އަތޮޅުގެ އެހެން ރަށްރަށުންވެސް ދަރިވަރުން ތަޢުލީމު އުނގެނުމަށް މިރަށުގައި ދިރިއުޅެއެވެ. ވީމާ، މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި، 3 ފަންގިފިލާގެ އައު ޢިމާރާތެއް ބިނާކުރެވުމުން ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ކިޔަވާ ކުދިންނަށާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)