logologologologo
STO
ޚަބަރު

އަމީނީމަގު މަރަމާތުކުރުން: ތާރު އެޅުމާ ގުޅޭ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އަމީނީމަގު މަރަމާތުކުރުން: ތާރު އެޅުމާ ގުޅޭ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 27

އަމީނީމަގު މަރާމާތުކުރާ ސަރަޙައްދުގެ ސެގްމަންޓް 1ގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފުރަތަމަ ސެގްމަންޓްގެ ގޮތުގައި މަރާމާތުކުރަނީ ފުޑްކޯޓްތަކުން ފަށައިގެން، ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެ މަސައްކަތުގައި މިހާރު ކުރަމުންދަނީ މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގެ މަސައްކަތެވެ. ސަބްގްރޭޑް މަސައްކަތުގެ %90 ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭ މަސައްކަތްތައް ނިމި، ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް މިއަދު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮންޓްރެކްޓަރ އެމްޓީސީސީން ފާހަގަކުރެއެވެ.

އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތްކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް