އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށައިިފިއެވެ.
މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން ހަދަންޖެހޭ ސަވޭތައް ނިންމުމަށްފަހު، މިހާރު ކުރިއަށްދަނީ ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. އަމީނީމަގުގެ ހުޅަނގަށްވީ ބައި ބޮޑަށް ހަލާކުވެފައިވާއިރު، ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މަގު އަވަހަށް ހަލާކުވީ ތާރުގަނޑު ރަނގަޅަށް ނުހިކެނީސް ބަސް ފަދަ ބަރު އުޅަނދުފަހަރަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ.
މަސައްކަތް ކުރިއަށްދާއިރު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރި އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ. މަގު މަރާމާތުކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.
އިތުރަށް





.gif.gif&w=828&q=100)