ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކޮށް ޑިންގީ ޖެޓީއެއް ހަދަން ހަވާލުކޮށްފި

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކޮށް ޑިންގީ ޖެޓީއެއް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ބުނީ ވިލިނގިލީގައި ޑިންގީ ޖެޓީ ތަރައްޤީ ކުރުމާއި، އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިމާރާތް ކުރުމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާޢީލްއެވެ.
އިތުރަށް





.gif.gif&w=828&q=100)