އަމީނީ މަގު މަރާމާތުކުރުން: ފުރަތަމަ ސެގްމަންޓްގައި ތާރުއަޅަން ތައްޔާރުވެއްޖެ

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެދަށުން ފުރަތަމަ ސެގްމަންޓްގައި ތާރުއަޅަން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެ މަގުގެ ފުރަތަމަ ސެގްމަންޓްގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.
އެ ކުންފުނިން މިއަދު ބުނީ، ނިމިދިޔަ ހަފުތާގެ ތެރޭގައި ސެގްމަންޓް 1 ގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަތުރައި، ތާރު ހިފެހެއްޓުމަށްޓަކައި ޖަހަންޖެހޭ އެމްސީ-30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައި ކަމަށެވެ. އަދި މި ތައްޔާރީތައް ނިމުމާއެކު، މި ހަފުތާގެ ތެރޭގައި ސެގްމަންޓް 1 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނިމިދިޔަ އޮގަސްޓް މަހުގެ 3 ގައި ފެށި، އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެދަށުން ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މަގު މަރާމާތު ކުރުމަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ބަންދުކޮށްފައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި މި މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަނީ އެހާ އަވަހަށް ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)