logologologologo
STO
ޚަބަރު

ރައީސް ނަޝީދުގެ ޑިމޮކްރަސީއަކީ ހުސް އަޑު: ރައީސް ޔާމީން

ރައީސް ނަޝީދުގެ ޑިމޮކްރަސީއަކީ ހުސް އަޑު: ރައީސް ޔާމީން
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 04

ރައީސް ނަޝީދުގެ ޑިމޮކްރަސީ އަކީ "ހުސް އަޑު" ކަމަށް ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ނަޝީދުއަށް ފާޑު ވިދާޅުވެފައި ވަނީ ޕީއެންއެފުން ރޭ އައްޑޫ ސިޓީ ފޭދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ ރައީސް ނަޝީދު ތަފާތު ވާހަކަތައް ދެއްކެވި ނަމަވެސް އެއީ ޙަޤީޤަތަކަށް ވެފައި ނުވާ ކަމަށާއި ނަޝީދުގެ ވެރިކަމުގައި ޑިމޮކްރަސީގެ ނަމުގައި އާބިޓްރަރީކޮށް މީހުން ހައްޔަރުކުރި ކަމަށާ ނަޝީދު ވިދާޅުވާ ޑިމޮކްރަސީއަކީ "ހުސް އަޑު" ކަމަށެވެ.

ރައީސް ޞާލިޙްއާ ވާހަކަ ދައްކާ ހިތްވެސް ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު، ނުފުއްދޭ ވަރުގެ ވަޢުދުތައް ވެވަޑައި ނުގެން ރައްޔިތުންގެ އިތުބާރު ހޯއްދެވި ކަމަށެވެ. އަދި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ކޮވިޑް-19 ގެ ޙާލަތަށް ފަހު ތަރައްޤީގެ މަސައްކަތަށް ލިބިވަޑައިގެންނެވި ދެ އަހަރާ ބައިގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް ގެނެސްދެވިފައި ނުވާ ކަމަށެވެ.

އެ މަނިކުފާނުގެ އަމިއްލަފުޅު ވެރިކަމުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވި ކަމަށާއި ނުކުރެއްވޭ ވަރުގެ ކަންކަމުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ނުދައްކަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ޖަލަސާގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީން ކުރީގައި ކުރި ފަދަ މުޒާހަރާތަކާއި ހިތްވަރު މިހާރު ނުފެންނަ ކަމަށެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ނަޝީދުއާއި ރައީސް ޔާމީން އަދި ރައީސް ޞާލިޙް އެކުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް ތެެދުވުމަށް މަޝްވަރާ ކުރުމަށް މިއަހަރުގެ މޭ މަހުގެތެރޭގައި ވަނީ ބައްދަލު ކުރައްވައިފައެވެ. މީޑިއާގައި ވަރަށް ބޮޑަށް ފާހަގަކުރި އެ ބައްދަލުވުމަށްފަހު 3 ރައީސުންގެ މަމްދޫބުންގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 3 ރައީސުން ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ނަމަވެސް އޭގެފަހުން އެ 3 ބޭފުޅުން ގުޅިގެން ކުރެއްވި މަސައްކަތެއް މީޑިއާއަށް ތިލަވެފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް