ރަސްމާލެ ޕްރޮޖެކްޓާ ގުޅުވާ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ފަލާޙް ރައްދުދެއްވައިފި

ރަސްމާލެ ޕްރޮޖެކްޓާ ގުޅުވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ފަލާޙް ރައްދުދެއްވައިފިއެވެ.
ފުށިދިއްގަރު ފަޅުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށެވެ. މި ރަށުގައި މެރީނާއެއް ތަރައްޤީކޮށް ހިންގަން، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އަބޫދާބީގައެވެ.
މި އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މިވާހަކަތަކާއި ގުޅިގެން ފަލާޙް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ވަރަށް ބޮޑު ވޭސްޓެއްކަމަށް، ބޭކާރު ޚަރަދެއްކަމަށް ކުރިން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މި ޤަޢުމުގައި ދުވަހަކު ވެސް ހިންގާފައި ނުވާފަދަ ބިޔަ ބޮޑު ޕްރޮޖެކްޓެއް ފައްޓަން ނިންމުމުން، ރައީސް ޔާމީނު މޭކަރައިގެން އުޅުއްވަނީ މިޤަޢުމާއިރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގައި އެއްވެސްކުލުނެއް ނެތީމަ ކަމަށެވެ.
"އިންޝާﷲ އަދި ތި ރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއް ނުވާނެ. އަމިއްލައަށް ވެރިކަންކުރި ގޮތް ހަނދާން ކޮށްލާފަ ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށައްލައިގެން ނިދާލާދެން." ފަލާޙްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އުޅުއްވަނީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުން މިޤަޢުމަށްލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށް ވެސް ހަޖަމު ނުވެގެން ކަމަށެވެ.
އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ވެސް 5000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް ނިންމާފައިވެއެވެ.
ރަސްމާލޭގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމް ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެ.ވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް އާބާދުކުރާ "ރަސްމާލެ"އަކީ ދުނިޔޭގެވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ސިޓީއެވެ.
އިތުރަށް





.gif.gif&w=828&q=100)