logologologologo
STO
ޚަބަރު

ވިޔަފާރި ބަނދަރުގެ ޙާލަތު ބަދަލުކުރަން އިސްނެންގެވި ވެރިއަކީ ރައީސް މުޢިއްޒު: ސަޢީދު

ވިޔަފާރި ބަނދަރުގެ ޙާލަތު ބަދަލުކުރަން އިސްނެންގެވި ވެރިއަކީ ރައީސް މުޢިއްޒު: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 30

ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ޙާލަތު ބަދަލުކުރަން އިސްނެންގެވި ވެރިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ތަރައްޤީ ކުރާ މާލޭ ވިޔަފާރި ބަނދަރާބެހޭ ވީޑިއޯ ރިޕޯޓެއް މީސްމީޑިއާގައި ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫޢަކީ، މާލޭ ވިޔަފާރި ބަނދަރުގެ ޙާލަތު ބަދަލުކޮށް، ޒަމާނީކޮށް، އަދުގެ އިޤްތިޞާދީ ހަޤީޤަތްތަކާއި ފައިހަމަކުރުމާއި ވިޔަފާރީގެ ކާރުބާރު ހަލުވިކޮށް ފަސޭހަކޮށްދިނުން ކަމަށެވެ.

ސަޢީދު ވިދާޅުވީ މިކަމުގެ ޚިޔާލު މީގެ އެތައް އަހަރުތަކެއް ކުރިން ކަމާބެހޭ އިދާރާތަކުން ކުރަމުން ދިޔަ ނަމަވެސް އެތައް ޒަމާނެއް ވެގެން ދިޔައިރުވެސް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު އޮތީ އެންމެ ފުރަތަމަ އެ ބަނދަރު މާލޭގައި ޤާއިމްކުރި މިންވަރަށް ކަމަށާއި ގެނެވިފައި ހުރީ ވަރަށް ކުދިކުދި ތަރައްޤީ ކަމަށެވެ.

"މި ޙާލަތު ބަދަލު ކުރެއްވުމަށް އިސް ނަންގަވައި، އެކަމުގެ ޢަމަލީ މަސައްކަތްޕުޅު ފައްޓަވައި، ޤައުމުގައި ހުރި މި ނޫން މިފަދަ އެތައް ބޮޑެތި މައްސަލަތަކެއްވެސް ޙައްލުކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގެންދަވަނީ ހިކުމަތްތެރިކަމާއި އެކު." ސަޢީދުގެ މެސެޖުގައި ވިދާޅުވިއެވެ.

މީގެއިތުރުން ސަޢީދު ވިދާޅުވީ ދުނިޔޭގެ މަސްރަޙަށް އަންނަ އެކި ބަދަލުތަކާއި، އިޤްތިޞާދީ އެތައް ގޮންޖެހުމެއްގެ ތެރޭގައި، ޤައުމު ނިކަމެތިވެގެން ދާން ދޫކޮށްލައިގެން ތިބެވެން ނެތްކަން، ރައީސް ޑރ. މުޙަައްމަދު މުޢިއްޒު ގެންދަވަނީ ހިތްވަރާއެކު ސާބިތުކޮށްދެއްވަމުން ކަމަށެވެ. އަދި ވެރިއެއްގެ ޒިންމާއަކީ ހުރަސްތަކާއި އުނދަގޫތަކާއި ކުރިމަތިލައްވައި، އިޙްލާސްތެރި މަސައްކަތެއް ކޮށްދެއްވައި، އެ ޙާލަތުން ޤައުމު މިންޖުކޮށްދެއްވުންކަން، ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ކަށަވަރުކޮށްދެއްވަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

View post on Twitter

 

ތިލަފުށީގައި ޤާއިމްކުރާ، ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ 375 މީޓަރުގެ ކީވޯލްއާއި ޖުމްލަ 2 ކިލޯ މީޓަރުގެ ޑޮމެސްޓިކް ކީވޯލުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއިން ދަނީ، ބާރު ސްޕީޑުގައި އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 820 މީޓަރުގެ ކީ ވޯލްއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކީވޯލްގެ ޕްރި ކާސްޓު ޔުނިޓުތައް ހެދުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެކަމަށް އެމްޕީއެލުން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް