logologologologo
STO
ޚަބަރު

ރައްޔިތުން ބުރަ އުފުލި އެތައް ކަމެއް ރައީސް މުޢިއްޒު ގެންދަވަނީ ލުއިކޮށްދެއްވަމުން: ސަޢީދު

ރައްޔިތުން ބުރަ އުފުލި އެތައް ކަމެއް ރައީސް މުޢިއްޒު ގެންދަވަނީ ލުއިކޮށްދެއްވަމުން: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 26

ރައްޔިތުން ބުރަ އުފުލި އެތައް ކަމެއް ރައީސް މުޢިއްޒު ގެންދަވަނީ ލުއިކޮށްދެއްވަމުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު އަތޮޅުތެރޭގައި ހަމަޖެއްސުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާ ސަޢީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންނަށް ދަތިވެ، އެތައް އަހަރެއް ބުރަ އުފުލުމުގައި ވޭތުކުރި އެތައްކަމެއް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މިފަދަ ސިޔާސަތުގެ ދަށުން ގެންދަވަނީ ލުއިކޮށްދެއްވަމުން، ހެޔޮ ބަދަލުތައް ޤައުމަށް ގެންނަވަމުން ކަމަށެވެ.

ވަޒީރު ސައީދުގެ މެސެޖްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ.

ސަޢީދު ވިދާޅުވީ މިހާރު އަތޮޅުތެރޭގެ 8 ރަށެއްގައި ފިއުލްޝެޑް ޤާއިމްކޮށް ނިންމައި، ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ 2027 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯ ފިއުލްޝެޑްގެ ޚިދުމަތް ގާއިމު ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.

 

View post on Twitter

 

"އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރު ނޮވެމްބަރުގެ ކުރިން ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒު." ވަޒީރު ވިދާޅުވެފައިވެއެވެ.

ސަޢީދު އިތުރަށް ވިދާޅުވީ މިއީ ރައްޔިތުން، ވަކިން ޚާއްޞަކޮށް މަސްވެރިންނާއި ޞިނާޢީ އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ކުޑަވާނެ މުހިންމު ކާމިޔާބެއް ކަމަށެވެ.

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފިއުލްޝެޑް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ފ. ނިލަންދޫ، ދ. މީދޫ އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް