logologologologo
STO
ޚަބަރު

ޑޮލަރުގެ އަގު ދަށް ނުވަނީ ކީއްވެތޯ، ނަޝީދާއި ޞާލިޙްގެ އަރިހުގައި ސުވާލުކުރަން ފެނޭ: ސަޢީދު

ޑޮލަރުގެ އަގު ދަށް ނުވަނީ ކީއްވެތޯ، ނަޝީދާއި ޞާލިޙްގެ އަރިހުގައި ސުވާލުކުރަން ފެނޭ: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 30

ޑޮލަރުގެ އަގު ދަށްނުވަނީ ކީއްވެތޯ، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ސުވާލުކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ސަޢީދު 2024 ގައި، ލ. މާވަށުގައި ވިދާޅުވީކަން ފާހަގަކޮށް، ސަރުކާރުން ޑޮލަރުގެ އަގު ދަށްނުކުރަނީ ގަސްތުގައިތޯ ވަޒީރާ ސުވާލުކޮށްފައެވެ.

ޖަވާބުގައި ސަޢީދު ވިދާޅުވީ، ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި ޤައުމުގެ އިޤްތިޞާދަކީ އިތުބާރު އޮތް އިޤްތިޞާދެއްގެ ގޮތުގައި ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއް ކަމަށާ އެ ކަމަކީ، ރައީސް ޞާލިޙަށް ނުވި ކަމެއް ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވަނީ ރާއްޖެ ދަރުވާލީ ޞާލިހު ކަމަށް ތުހުމަތުކުރައްވައިފައެވެ.

ސަޢީދު ވިދާޅުވީ 19 ވަނަ މަޖިލީހުގެ ރައީސްކަން ނަޝީދު ކުރެއްވިއިރު، ޞާލިޙްގެ ސަރުކާރު ފެއިލްވަމުން ވެއްޓެމުންދާ ކަމަށް އަޑުފުޅަށް ބާރުލައްވާފައި ނަޝީދު ވިދާޅުވި ކަމަށެވެ.

ސަޢީދު ވިދާޅުވީ ޑިމޮކްރެޓުގައި ނަޝީދުމެން ތިއްބަވައިގެން، ރައީސް ޞާލިހުގެ ސަރުކާރު ބަދަލު ކުރަން ޖެހެޔޭ ވިދާޅުވަމުންއޭރު ދެއްކެވި ސަބަބުތަކަކީ، ފައިސާ ޗާޕުކުރާތީއޭ. ދެފުށްނުފެންނާތީއޭ ވައްކަން ގިނަވެގެންނޭ. މިފަދަ ވާހަކަތަކެއް ކަމަށާ އެހެންވީމަ ރާއްޖެ ދަރުވާލީ ކީއްވެތޯ ސުވާލުކުރަންވީ އެބޭފުޅުންނާ ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ނަޝީދުއާ ސުވާލު ކުރައްވަންވީ، އޭރު ޞާލިޙްގެ ސަރުކާރުގައި ދެފުށްނުފެނި، ހާމަކަންބޮޑު ގޮތެއްގައި ކޮރަޕްޝަން ހިންގާ ކަމަށް ވިދާޅުވީ ކީއްވެތޯ ކަމަށެވެ. އަދި، ޞާލިޙްއާ ސުވާލުކުރައްވަންވީ ނަޝީދު އެ ވިދާޅުވާ ކަންތައްތަކުގެ ވާހަކަ އޮޅުންފިލުވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞާލިޙްގެ ސަރުކާރުގައި ލިބުނު ހިލޭ އެހީއާ އަޅާ ބަލާއިރު، ފައިސާ ޗާޕުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާ ނަމަވެސް، އެ ސަރުކާރުގައި ފައިސާ ޗާޕުކުރީ ކަމަށް ސަޢީދު ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް