logologologologo
STO
ޚަބަރު

ރައީސް ނަޝީދަށް މުންދު ވެސް މެސެޖެއް ދެއްވައިފި

ރައީސް ނަޝީދަށް މުންދު ވެސް މެސެޖެއް ދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 17

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު މެސެޖެއް ދެއްވައިފިއެވެ.

މުންދު މި މެސެޖް ދެއްވާފައި މިވަނީ އެމްޑީޕީ ސަރުކާރުން ނެގި ދަރަނި އަދާކުރުމާއި ގުޅުވައިގެން، ތަފާތު މެސެޖްތައް ރައީސް ނަޝީދު ހިއްސާކުރައްވަމުން އަންނަ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެތެރެއިން މިހާތަނަށް ނުދައްކާ އޮތް ބާކީ 50 މިލިއަން ޑޮލަރުގެ މުއްދަތު މިއަދަށް ހަމަވަތީ، އިއްޔެ ނަޝީދު ވިދާޅުވީ އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކާފައި ކާޑު، ތެޔޮ އަދި ބޭސް ގަންނާނޭ ފައިސާ ނުހުންނާނެ ކަމަށެވެ.

ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަތަކަށް ރައްދުދެއްވާ މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މުންދު ވިދާޅުވީ ރައީސް ނަޝީދު އަދި ޤައުމު ޑީފޯލްޓް ވޭތޯ ދުޢާ ކުރަމުންދިޔަ ބޭފުޅުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނިވެސް ދައްކައިފި ކަމަށާއި މި ދަރަނި ދެއްކި އިތުރު ދަރަންޏެއް ނުނަގާ ކަމަށެވެ.

މުންދު ވިދާޅުވީ ތެޔޮ، އަދި އަސާސީ ކާބޯތަކެތި ވެސް ގަނެވޭވަރަށް ފައިސާ ހުރި ކަމަށާއި އެހެން ނޫނަސް ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ޑޮލަރު ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަދެއްކުން މުނާސަބު ނޫން ކަމަށެވެ.

"ތެޔޮ ގަންނަން ފައިސާ އެބަހުރި. އަސާސީ ކާބޯތަކެތިވެސް ގެނެވޭނެ. އެހެން ނޫނަސް، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން.ރައްޔިތުންނަށް ބިރުދައްކަން އާ މައުޟޫއުއެއް ހޯއްދެވުން ދެން ބުއްދިވެރިވާނީ." މުންދުގެ މެސެޖުގައި ވިދާޅުވިއެވެ.

މި ލޯނަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީއެކެވެ. މި ލޯނުގެ އެންމެ ފަހުގެ އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު މިއަދު ވަނީ ދައްކައިފައެވެ.

އެމްޑީޕީ ސަރުކާރުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ނެގި މި ލޯނު، މި ސަރުކާރުން ދެއްކީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފައެވެ.

މި ދަރަނި ދެއްކުމާއި ގުޅިގެން މާލީ ވުޒާރާއިން ބުނީ ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް