ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް އަބާން އިންތިޚާބުވެއްޖެ

ކޮންގްރެސް ޕާޓީ، ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލްލަތީފް އިންތިޚާބުވެވަޑައިގެންފިއެވެ.
ޕާޓީގެ އިސް މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނީ މިމަހުގެ 15 އިން 18 އަށް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ މަތީ މަޖިލިސްގައެވެ.
މަތީ މަޖިލީހުގައި ޕާޓީގެ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އެ ޕާޓީން ވަނީ އިޢުލާނުކޮށްފައެވެ. އަދި އެއް ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާ މަޤާމުތަކަށް ވޯޓަކާ ނުލައި ބައެއް ބޭފުޅުން އިންތިޚާބުވިކަން، އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ.
ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމަށް އަބާން އިންތިޚާބުވެވަޑައިގެންފައިވާއިރު އެ ހަރަކާތުގެ ގިނަ މަގާމުތަކަކަށް ވޯޓަކާއި ނުލައި ބޭފުޅުން އިންތިޚާބުވެފައިވާކަން ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ޒުވާނުންގެ ހަރަކާތުގެ ނައިބު ރައީސް ޙަސަން ޝަހީދު (ސަންޗޭ)، ޒުވާނުންގެ ހަރަކާތުގެ ސެކްރެޓަރީ އިސްމާއިލް އަޒްމީ އަދި ޒުވާނުންގެ ހަރަކާތުގެ ހަޒާންދާރު މުޙައްމަދު ރިފާޢު ހިމެނެއެވެ.
ދާއިރާގެ ސިޔާސީ ހަރަކާތްތަކުން އިސްކޮށް ފެންނަ އަބާންއަކީ ކޮންގްރެސް ޕާޓީގެ ގާދިއްފުށި ސްޓިއަރިން ކޮމިޓީގެ ރައީސްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)