ޕީއެސް 5 އެއް ބޭނުންތަ؟ އަވަހަށް އެލައިޑްގެ ގިވްއަވޭގައި ބައިވެރިވެލާ!

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސް އިން ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ޚާއްޞަކޮށްގެން "މިޝަން PS5" ގެ ނަމުގައި ފޯރިގަދަ އިންސްޓަގްރާމް ގިވްއަވޭ ކެމްޕޭނެއް އިއްޔެ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ޕީއެސް 5 ގެ ކޮންސޯލެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާ މި ކެމްޕޭނަކީ އެލައިޑްގެ އޮންލައިން ކޮމިއުނިޓީއާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މަޖާ މާހައުލެއްގައި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ކުރިއަށްދާ މި ކެމްޕޭނުގައި ކޮންމެ އިންސްޓަގްރާމް ބޭނުންކުރާ ފަރާތަކަށްވެސް ބައިވެރިވެވޭނެއެވެ. ގިވްއަވޭގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހެނީ ވަރަށް އާދައިގެ 3 ކަމެކެވެ.
- އެލައިޑްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖް ފޮލޯކުރުން:@allied.mvއަށް ފޮލޯކުރުން.
- ޕޯސްޓަށް "ލައިކް" ދިނުން: އިންސްޓަގްރާމްގައި ޝާއިއުކޮށްފައިވާ އޮރިޖިނަލް "Mission PS5" ކެމްޕޭން ޕޯސްޓަށް ލައިކް ދިނުން.
- ރައްޓެހިން ޓެގްކުރުން: ކެމްޕޭން ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތިން ރައްޓެއްސަކު ޓެގްކުރުން.
މީގެއިތުރުން، ގިވްއަވޭ ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުކުރުމަށްޓަކައި "ބޯނަސް އެންޓްރީ" އެއް ހޯދުމުގެ ފުރުޞަތުވެސް އެލައިޑުން ވަނީ ހުޅުވާލާފައެވެ. އެގޮތުން، ކެމްޕޭން ޕޯސްޓް އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއާކޮށް@allied.mvޓެގްކޮށްލުމުން އިތުރު އެންޓްރީއެއް ލިބިގެންދާނެއެވެ. މި ކެމްޕޭނުގެ ނަސީބުވެރި ފަރާތް ހޮވައި އިއުލާނުކުރުން އޮންނާނީ 16 ނޮވެމްބަރު 2026 ގައެވެ.
އެލައިޑް އިންޝުއަރެންސްއިން ވަނީ އެ ކުންފުނީގެ ހުރިހާ ފޮލޯވަރުންނާއި ގޭމިންގ އަށް ޝައުގުވެރިވާ ފަރާތްތަކުން މި "މިޝަން" ގައި ބައިވެރިވެ، ރައްޓެހިން ގޮވައިގެން PS5 އެއް ކާމިޔާބުކުރުމުގެ ފުރުޞަތު ހޯދުމަށް ދަޢުވަތު އަރުވާފައެވެ. މި ކެމްޕޭނާ ގުޅޭ އިތުރު ތަފްޞީލާއި، ޝަރުޠުތައް އެލައިޑްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައިވާ އޮރިޖިނަލް ޕޯސްޓުން ބައްލަވައިލެއްވޭނެއެވެ.
އިތުރަށް





.gif.gif&w=828&q=100)