logologologologo
STO
ވިޔަފާރި

އެމްއެމްއޭ އިން ދޭ "އެކްސެލެންސް އެވޯޑް" އެލައިޑް އިންޝުއަރެންސަށް ލިބިއްޖެ

އެމްއެމްއޭ އިން ދޭ "އެކްސެލެންސް އެވޯޑް"  އެލައިޑް އިންޝުއަރެންސަށް ލިބިއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 02

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދޭ "އެކްސެލެންސް އިން ފައިނޭންޝަލް އިންކްލޫޝަން" އެލައިޑް އިންޝުއަރެންސަށް ލިބިއްޖެ އެވެ.

މި އެވޯޑް ހަވާލުކޮށްފައިވަނީ ރާއްޖޭގެ މާލީ ދާއިރާގެ އަގުވަޒަންކުރުމަށް އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސް" ގައެވެ. އެ އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

އެމްއެމްއޭއިން ބުނީ އެ އިދާރާގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ ރަސްމިއްޔާތުގައި ތައާރަފުކުރި އެ އެވޯޑްތައް ދެނީ ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، ޒަމާނީކުރުމަށް މުހިންމު ޚިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ކަމަށެވެ.

އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް މި ޚާއްސަ އެވޯޑު ލިބުނީ، ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ ފުޅާކޮށް، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދާކުރި މުހިންމު ދައުރަށްޓަކައެވެ. އެވޯޑު ޕެނަލުން ފާހަގަކުރި ގޮތުގައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އިންޝުއަރެންސްގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެެއްދުމަށް އެ ކުންފުނިން ނަމޫނާ ދައްކާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، މާލީ ދާއިރާ ތަރައްގީ ކުރުމުގައި މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އިތުރުކުރުމަކީ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އަދި ބޭންކިންގ، އިންޝުއަރެންސް، ސޭވިންގްސް އަދި ފައިސާ ދެއްކުމުގެ ނިޒާމުތައް ހަރުދަނާވުމަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް އެއިދާރާއިން ބުންޏެވެ.

އެލައިޑްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ވެސް މި އެވޯޑް ލިބިފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް