logologologologo
STO
ޚަބަރު

​އެލައިޑުން "ޝެއަރ ދަ ރަން" ގެ ނަމުގައި ޚާއްޞަ ގިވްއަވޭއެއް ފަށައިފި

​އެލައިޑުން "ޝެއަރ ދަ ރަން" ގެ ނަމުގައި ޚާއްޞަ ގިވްއަވޭއެއް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 26

​އެލައިޑް އިންޝުއަރެންސްއިން "ޝެއަރ ދަ ރަން" ގެ ނަމުގައި ޚާއްޞަ ގިވްއަވޭއެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ ​އެލައިޑް ހުޅުމާލެ ރަން 2026 އަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން، އެލައިޑް އިންޝުއަރެންސްގެ އޮންލައިން ކޮމިއުނިޓީން ދެމުންދާ އެއްބާރުލުމާއި ފޯރިއަށް ޝުކުރު އަދާކުރުމުގެ ގޮތުން "ޝެއަރ ދަ ރަން" ގެ ނަމުގައި ޚާއްޞަ ގިވްއަވޭއެއް ފަށައިފިއެވެ.

​މި ޙަރަކާތުގެ ދަށުން، އެލައިޑް ރަންގެ ފޯރި އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެކަކަށް އާ އެޕަލް އެއަރޕޮޑްސް ޕްރޯ 3 އެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މި ކެމްޕޭން ކުރިއަށްދާނީ 20 އެޕްރީލް އިން 23 މެއި 2026 ގެ ނިޔަލަށެވެ.

​ބައިވެރިވާނެ ގޮތް:

​އިންސްޓަގްރާމުން އެލައިޑް އިންޝުއަރެންސް ފޮލޯކުރުން - allied.mv@

​އެލައިޑް ރަންއާ ގުޅޭ ޕޯސްޓުތައް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރުން.

​ސްޓޯރީގައި allied.mv@ ޓެގްކުރުމާއެކު ހޭޝްޓެގް ބޭނުންކުރުން.

އެ ކުންފުނިން ބުނީ ​އެންމެ ގިނައިން ސްޓޯރީ ޝެއަރ ކުރާ ފަރާތަކަށް އިނާމު ލިބޭނެ ކަމަށާއި ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން، ޝެއަރ ކުރާ ސްޓޯރީގެ ސްކްރީންޝޮޓެއް allied.mv@ އަށް ޑައިރެކްޓް މެސެޖް ކުރުމުން ބައިވެރިވެވޭނެ ކަމަށެވެ.

"​އެލައިޑް އިންޝުއަރެންސްއިން ދައުވަތު އަރުވަނީ މި ފޯރީގައި ބައިވެރިވެ، އަހަރުގެ އެންމެ ފޯރިގަދަ އިޖުތިމާއީ ޙަރަކާތުގެ ބައިވެރިއަކަށް ވުމަށެވެ." އެ ކުންފުނިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް