logologologologo
STO
ޚަބަރު

ފޯޅަވަހީގެ މިލްކުވެރިކަމާބެހޭ ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދަޢުވަތު ދެއްވައިފި

ފޯޅަވަހީގެ މިލްކުވެރިކަމާބެހޭ ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދަޢުވަތު ދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 08

ފޯޅަވަހީގެ މިލްކުވެރިކަމާބެހޭ ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދަޢުވަތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

މިސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މިސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ، ރާއްޖެފަދަ ޖަޒީރާ ރަށްތައް ހިމެނޭ ފޯޅަވައްސާ އެންމެ ގާތުގައި އޮތީ ދިވެހިރާއްޖެކަން ފާހަގަކުރެވެއެވެ. ދިވެހި ކާބަފައިން ކުރީ ޒަމާނުގައި ގޮސްއުޅުނު ކަމުގެ ނިޝާން ފެންނަންހުރި މިރަށްތައް އެންމެ ޙައްޤުވަނީ ދިވެހިރާއްޖެއަށް ކަމުގައި، ސަރުކާރުން ވަކާލާތު ކުރަމުން އަންނަ ކަން ފާހަގަކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް