logologologologo
STO
ޚަބަރު

ތިން މިނިސްޓްރީ ރޯ ކޮށްލި ފަރާތް އިނގޭ ކަމަށް ބުނުމަށްފަހު، ތަހުގީގަށް އެއްބާރުލުން ދޭން އެދުމުން އެކަމުގެ ހަގީގަތް އަސްލު އިނގޭނީ ފުލުހުންނަށް ކަމަށް ބުނެ ތަހުގީގަށް ހާޒިރު ނުކުރުމަށް ޔާމީންގެ ފަރާތުން އެދެފި

ތިން މިނިސްޓްރީ ރޯ ކޮށްލި ފަރާތް އިނގޭ ކަމަށް ބުނުމަށްފަހު، ތަހުގީގަށް އެއްބާރުލުން ދޭން އެދުމުން އެކަމުގެ ހަގީގަތް އަސްލު އިނގޭނީ ފުލުހުންނަށް ކަމަށް ބުނެ ތަހުގީގަށް ހާޒިރު ނުކުރުމަށް ޔާމީންގެ ފަރާތުން އެދެފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

ތިން މިނިސްޓްރީ ރޯ ކޮށްލި ފަރާތް އިނގޭ ކަމަށް ބުނުމަށްފަހު، ތަހުގީގަށް އެއްބާރުލުން ދޭން އެދުމުން އެކަމުގެ ހަގީގަތް އަސްލު އިނގޭނީ ފުލުހުންނަށް ކަމަށް ބުނެ ތަހުގީގަށް ހާޒިރު ނުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެދިފި އެވެ.

އިތުބާރު ހުރި މަސަދަރަކުން ދުވެލިއަށް ކަށަވަރުވެފައި ވާގޮތުގައި ޔާމީންގެ ވަކީލުން ވަނީ އެ މައްސަލާގެ ތަހުގީގަށް ޔާމީން ހާޒިރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްބުނެ ފުލުހުންނަށް އަންގާފަ އެވެ.

ދުވެލިއަށް މައުލޫމާތު ލިބޭ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނު ހާޒިރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައި ވަނީ އެ މައްސަލަ އާއި ގުޅޭގޮތުން ޔާމީންއަށް އިނގޭ ހަމައެކަނި މައުލޫމާތަކީ އެކަމާގުޅިގެން އާންމުކޮށްފައިވާ މައުލޫމާތު އެކަނި ކަމަށް ބުނެ އެވެ.

ޔާމީންގެ ވަކީލުން މިހެން ވިދާޅުވި ނަމަވެސް ޕީއެންއެފްގެ ޖަލްސާގައި ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ތިން މިނިސްޓްރީގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގެ އެވެ. އަދި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އެ މީހުން ބޭނުމެއް ނުވޭ ފިޔަވަޅު އަޅާކަށް،" ޔާމީން ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ، މިހާރު "ހާލަތު ބަދަލުވަނީ" ކަމަށާއި ބަދަލުވާ ހާލަތުގައި އެ އަލިފާނުގެ ހާދިސާގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ކުރެއްވި ތުހުމަތުތައް ރައީސް މުޢިއްޒު ވަނީ ދޮގު ކުރައްވާފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް