logologologologo
STO
ޚަބަރު

ޔާމީންގެ ދަށު ދަރަޖައިގެ އަމަލެއް: އަބްދުއްރަހީމް، ފަލާހް އަދި ޝުޖާއު އަކީ "ހިމާރުން"ގެ ގޮތުގައި ޔާމީން ސިފަކުރައްވައިފި

ޔާމީންގެ ދަށު ދަރަޖައިގެ އަމަލެއް: އަބްދުއްރަހީމް، ފަލާހް އަދި ޝުޖާއު އަކީ "ހިމާރުން"ގެ ގޮތުގައި ޔާމީން ސިފަކުރައްވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

ރައްޔިތުންގެ މަޖިލީހުގެ ރައީސްް އަބްދުއްރަހީމް އަބްދުﷲ އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއަކީ "ހިމާރުން"ގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިފަކުރައްވައިފިއެވެ.

ޔާމީން ބައިވެރިވެވަޑައިގެންނެވި ފްރަންޓް އޮފީސް ބައްދަލުވުމުގައި ރޭ އެމަނިކުފާނު ވިދާޅުވީ އެންމެ ހުތުރުކަން ބޮޑު އަޑަކީ ކުއްތާއާއި ހިމާރުގެ އަޑު ނޫންކަން އެނގިވަޑައިގެންފި ކަމަށެވެ. ޔާމީން މިބަސް ރައްދުކުރީ ޕީއެންސީން އެންމެ ފަހުން ބޭއްވި ހަރުގެ ޖަލްސާގައި އަބްދުއްރަހީމް އާއި ޝުޖާއު އަދި ފަލާހުއަށެވެ.

އެ ތިން މެންބަރުން ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ޔާމީން ވަނީ ރައްދު ދެއްވައި އެއީ "ހިމާރުންގެ އަޑު"ތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އަޅުގަނޑަށް ކުރީގަ އެނގިފަ އޮންނަނީ އެންމެ ހުތުރުކަން ބޮޑު އަޑަކީ ހިމާރުގެ އަޑުކަމަށް. އެކަމަކު ރޭގަ ކުއްތާކޮށިން ދޫކޮށްލައިގެން ނުކުތް އަޑުތަކުން އަޅުގަނޑަށް އެނގިއްޖެ ކުއްތާގެ އަޑުނޫންކަން އަދި ހިމާރުގެ އަޑެއް ނޫންކަން އެންމެ ހުތުރީ."، ޔާމީން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 100 އިލްމުވެރިން ރައީސް ޑރ މުޢިއްޒުއަށް ތާއީދު ކުރެއްވުމުން ޔާމީން ވަނީ އެކަމަށް ވެސް ހަޖޫ ޖައްސަވާފަ އެވެ. އަދި ޖަމީލު އާއި މަލީހުގެ މެދުގައި އިންނަވާ ޔާމީން އިތުރަށް ވިދާޅުވީ ފެއިލްވެފައި ތިބި ބޭފުޅުން ކުރިމައްޗަށް ނެރެގެން ޕާޓީ މެދުވެރިކޮށް ރައްޔިތުންނަށް ސަރުކާރުގެ މޫނުމަތިން ދައްކަމުން ދަނީ ވަރަށް ލަދުވެތި މަންޒަރެއް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް