logologologologo
STO
ޚަބަރު

މި ސަރުކާރުން އުފެއްދި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ އާދީއްތަ ދުވަހު ފަށަނީ

މި ސަރުކާރުން އުފެއްދި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ އާދީއްތަ ދުވަހު ފަށަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 07

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ އާދީއްތަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އިސްލާޟީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ ވަޒީރު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ، 13 ސެޕްޓެމްބަރު 2026 (އާދީއްތަ) ދުވަހު އިސްލާމީ މަރުކަޒުގައި ފެށިގެންދާނެ ކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާ މި މުނާސަބަތާއި ގުޅުވައިގެން ބާއްވަން ހަމަޖެހިފައިވާ މި މަހާސިންތާއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، އަންނަ ޖީލުގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް ކަމަށެވެ.

"މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާނެ. ހުޅުމާލެގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް ޒުވާން ޚާޠީބުން ރަސްމީކޮށް ބައިވެރިވާނެ. އިންޝާ ﷲ." ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ވަޒީރު ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުތަކުން މާލެ އައުމުގައި ދަތިތަކެއް ހުރުމާއި އިމްތިހާންތަކާ ގުޅިގެން، ބައެެއް ޚަޠީބުންނަށްމަހާސިންތާއަށް ހާޒިރު ނުވެވޭ ކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަން ފާހަގަ ކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށުގައި އިމާމްވެ ހުކުރުކުރާނެ ޚަޠީބުން ނެތް މައްސަލައަށް ހައްލު ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް