logologologologo
STO
ދުނިޔެ

ހަނދަކީ އެމެރިކާގެ ތަނެއް ކަމަށް ޓްރަމްޕު ބުނެފި

ހަނދަކީ އެމެރިކާގެ ތަނެއް ކަމަށް ޓްރަމްޕު ބުނެފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 07

"ހަނދަކީ އެމެރިކާގެ ތަނެއް" ކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓަކާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް، ޖައްވީ ސިފައިންގެ އާ ޔުނިފޯމް ދައްކާލައްވައިފި އެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި އާދީއްތަ ދުވަހު  ދުވަހު ކުރެއްވި މި ޕޯސްޓްގައި ހިމަނާފައިވަނީ ހަނދުގެ ކުރިމަތީގައި އެމެރިކާގެ ދިދަ ޖަހާފައިވާ މަންޒަރު އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއަކާ އެކުގަ އެވެ. އަދި އެ ކުރެހުމާއެކު އެއްވެސް އިތުރު ތަފްސީލަކާ ނުލައި ލިޔުއްވާފައިވަނީ "ހަނދަކީ އަހަރެމެންގެ ތަނެއް" ކަމަށެވެ.

ޖައްވީ ސިފައިންގެ އާ ޔުނިފޯމާއި އެހެނިހެން ބަދަލުތައްމި ޕޯސްޓް ކުރެއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޓްރަމްޕް ވަނީ އެމެރިކާގެ ޖައްވީ ސިފައިން (ސްޕޭސް ފޯސް) އަށް ހާއްސަކޮށްގެން އޭއައި އިން ފަރުމާކޮށްފައިވާ އާ ކަޅު ޔުނިފޯމެއްގެ ޑިޒައިންތަކެއް ވެސް އާންމުކުރައްވައިފަ އެވެ. މި ޔުނިފޯމްތަކުގެ ކުލަތަކަކީ "ސްޕޭސް ގްރޭ، މިޑްނައިޓް ބްލެކް، ސިލްވަ ގްރޭ އަދި ސެޓިން ބްލެކް" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ބޯޑަރުތަކާއި ނަންތައް ބަދަލުކުރުމުގެ ސިލްސިލާ ހަނދުގެ މިލްކުވެރިކަމާ ހިސާބަށް ދިޔަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާގެ ޗާޓަކަށް ބަދަލުތަކެއް ގެނެސް "ނިއު މެކްސިކޯ" ސްޓޭޓްގެ ނަމުން "މެކްސިކޯ" ކަނޑާލައި އެތަނަށް "އެމެރިކާ" އިތުރުކޮށްފަ އެވެ. އަދި އެ ސްޓޭޓްގެ ނަން "ނިއު އެމެރިކާ" އަށް ބަދަލުކުރުމަކީ މާ ރީތި އަދި އަބުރުވެރި ގޮތެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ދާދިފަހުން ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި އަކީ އެމެރިކާގެ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް ބުނެ، އެތަނުގެ ނަން "ޓްރަމްޕް ސްޓްރެއިޓް" އަށް ބަދަލުކުރަން ފެނޭތޯ ވެސް ސުވާލުކުރައްވައިފަ އެވެ.

ހަނދަކީ އެމެރިކާގެ ތަނެއް ކަމަށް ޓްރަމްޕް ވިދާޅުވި އިރު ގާނޫނީ ގޮތުން އެއްވެސް ގައުމަކަށް ހަނދުގެ މިލްކުވެރިކަން ހޯދުމަކީ މުސްތަހީލު ކަމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް