logologologologo
STO
ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްސަ ތިން ޚިދުމަތެއް ތަޢާރަފްކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްސަ ތިން ޚިދުމަތެއް ތަޢާރަފްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 29

ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްސަ ތިން ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްސަ ތިން ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ފެށިގެންދިޔަ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ގޭސްޓްރޯއެންޓެރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލޮޖީގެ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ޚިދުމަތެވެ.

މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފެށި މި ޚިދުމަތްތަކާއެކު ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ހުޅުވައިފައެވެ.

މި ޚިދުމަތްތައް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ޤީލާ އަލީ ވިދާޅުވީ، ހުޅުމާލޭގައި މި ޚިދުމަތްތައް ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮތް ބާރު ކުޑަކޮށް ވެއިޓްލިސްޓް ކުޑަކުރުން ކަމަށެވެ.

 

View post on Twitter

 

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިއުން މަދުކުރުންކަން ފާހަގަކުރައްވައިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް