logologologologo
STO
ޚަބަރު

އަވަސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި

އަވަސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 21

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު، އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރި ގޮތުގައި އަވަސް ފަރުވާ ދިނުމަށް ގެންގޮސްފައިވަނިކޮށް ފިލުމާއި ގުޅިގެން ހޯދަމުން އަންނަނީ ލ. މާބައިދޫ، ޝަބްނަމް ހައުސް، ޙުސެއިން ޝަޙްބާން އެވެ.

އޭނާ ފިލާފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ޝަޙްބާން ހޯދުމުގެ މަސައްކަތް މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ފަށާފައިވާ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް