ފޭސް 2ގައި ހުންނަ، ހުޅުމާލެ ހޮސްޕިޓަލްގެ ކުލިނިކުން 24 ގަޑިއިރު ޚިދުމަތްދޭން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ފޭސް 2ގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލްގެ ކުލިނިކުން 24 ގަޑިއިރު ޚިދުމަތްދޭން ފަށައިފިއެވެ.
މިކަން ހާމަ ކުރައްވާ އައިޖީއެމްއެޗްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، 24 ގަޑިއިރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި ޤާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.
މިކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޙަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ޤައުމީ ސިޔާސަތާއި އެއްގޮތަށް، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި އެ ކްލިނިކް، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ދެ ޝިފްޓަށް ފުޅާކުރެވުނު ކަމަށެވެ.
އެ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ލިބޭނެެ ކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ.
ޙަލީމް ވިދާޅުވީ އެ ނިންމެވުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. ނިންމެވުމެއް ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން މި ސަރަޙައްދުގެ ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި، ހިތްހަމަޖެހުމާއި، އިތުބާރުހުރި ޞިއްޙީ ފަރުވާ ގާތުން ލިބިގެންދާނެ ކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)