ޚަބަރު
ސްޓެލްކޯ ފްލެޓަކުން މިއަދު ހެނދުނު ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވެއްޖެ

މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 01
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓަކުން މިއަދު ހެނދުނު ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން 2 އަހަރުގެ އަންހެން ކުއްޖެކެވެ.
އެ އަންހެން ކުއްޖާ އޮތީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ތުއްތު ކުއްޖާ ވެއްޓުނީ ސްޓެލްކޯ ޓަވަރެއްގެ 12 ވަނަ ފަންގިފިލައިންނެވެ.
މިއަދު މި ހިތާމަވެރި ހާދިސާ ހިނގާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ "އަމާން އުދަރެސް ދޭއް" ޓަވަރުގެ ތިންވަނަ ފަންގިފިލާއިން 16 އަހަރުގެ އަންހެން ކުއްޖަކު، އިއްޔެ ވެއްޓިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެ ކުއްޖާގެ ޙާލު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ.
އިތުރަށް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
1 ސެޕްޓެމްބަރު 2026

އެކްސިޑެންޓް ހިނގީ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން: ފުލުހުން
29 އޯގަސްޓު 2026

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ
29 އޯގަސްޓު 2026

ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގައިފި
21 ޖޫން 2026

.gif.gif&w=828&q=100)