ހުޅުމާލެ ހޮސްޕިޓަލުގައި ކީހޯލް ސާޖަރީގެ ޚިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ކަށީގެ ޑިޕާޓްމެންޓުގައި ކީހޯލް ސާޖަރީގެ ޚިދުމަތް ފަށައިފިއެވެ.
އާތުރޮސްކޮޕިކް ނުވަތަ ކީހޯލް ސާޖަރީއަކީ ހުޅުތަކަށް، ޚާއްޞަކޮށް ކަކުލު ހުޅަށް ލިބިފައި ހުންނަ ގެއްލުން ދެނެގަނެ ފަރުވާ ކުރުމަށް ބޭނުންކުރާ ފަރުވާއެކެވެ. މި ފަރުވާގައި ކަކުލު ހުޅުގެ ސާޖަރީ ހަދަނީ ކުޑަ ކެމެރާއެއްގެ އެހީގައެވެ.
މި ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލުގައި ފެށުމާއި ގުޅިގެން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ( ކަށީގެ ޑިޕާޓްމެންޓް) ކްލިނިކަލް ހެޑް، ޑރ. އަޙްމަދު ޢާޒިމްގެ އިސްނެންގެވުމުގެ ދަށުން، އާތުރޮސްކޮޕިކް (ކީހޯލް) ކަކުލު ހުޅުގެ ސާޖަރީއެއް ހުޅުމާލެ ހޮަސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.
ޙަލީމް ވިދާޅުވީ މި އައު ޓެކްނޮލޮޖީއާއިއެކު މިކުރެވުނު އާތުރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި އާތުރޮސްކޮޕިކް ނީ ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ގޮސްފައިވާކަމަށެވެ.
ހަލީމް ވަނީ ހުޅުމާލެ ހޮސްޕިޓަލުން ހޯދި މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގެ މުޅި ޓީމަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވައިފައެވެ.
ޙަލީމް ވިދާޅުވީ މި ކުރިއެރުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)