logologologologo
STO
ޚަބަރު

ފަންނީ މަސައްކަތުގައި އުޅޭ ޤައިދީންނަށް ޚާއްސަކުރި ޔުނިޓަށް 16 ޤައިދީން ބަދަލުކޮށްފި

ފަންނީ މަސައްކަތުގައި އުޅޭ ޤައިދީންނަށް ޚާއްސަކުރި ޔުނިޓަށް 16 ޤައިދީން ބަދަލުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 25

ފަންނީ މަސައްކަތުގައި އުޅޭ ޤައިދީންނަށް ޚާއްސަކޮށްގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހަދާ ޔުނިޓަށް 16 ޤައިދީން ބަދަލުކޮށްފިއެވެ.

ކަރެކްޝަނުން ބުނީ ހުޅުމާލެ ޕޮލޮޓް ނަންބަރ 10623 ގައި އަލަށް ބިނާ ކުރާ ދެ ބުރި ޢިމާރާތުގެ 140 މީހުންގެ ޖާގައިގެ ޖަލު ޔުނިޓްގެ 5 ސެލް ބްލޮކްގެ ތެރެއިން، ފުރަތަމަ ސެލް ބޮލޮކްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ފުރަތަމަ ބެޗްގެ 16 ޤައިދީން އިއްޔެ އެ ޔުނިޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެތަނަކީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ހޯލްޑިންގ ސެލްތައް އެކުލެވޭ ގޮތަށް AC އާއެކު ބިނާކުރެވޭ ޔުނިޓެއް ކަމަށެވެ.

އެ އިދާރާއިން ބުނީ މި އިމާރާތުގެ ގުރައުންޑް ފުލޯގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވެމުން، ކޯޓްތަކަށާއި، ބޭސްފަރުވާގެ ކަންކަމަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ބޮޑު ލުއިކަމެއްލިބިގެންދާނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ. އަދި މިހާރު ކަރެކްޝަނުން މި ޚިދުމަތް ދެމުން ގެންދަނީ ޖާގައިގެ އަދި ލޮޖިސްޓިކްސްގެ ދަތިކަމާއި، މޫސުމީ ދަތިތަކާއެކު އޮފިސަރުންނަށް ރިސްކް ބޮޑު، ބުރަ މަސައްކަތާއެކުގައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް