އައްސޭރި ޖަލުގައި ސެޓްފިކެޓް 1 އިން ޤިރާޢަތު ކޯސް ފަށައިފި

އައްސޭރި ޖަލުގައި ސެޓްފިކެޓް 1 އިން ޤިރާޢަތު ކޯސް މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ސެޓްފިކެޓް 1 އިން ޤިރާޢަތު ކޯސް އައްސޭރި ޖަލުގައި މިއަދު ފަށާފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ މި ކޯހުގައި ޖުމްލަ 35 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
ކަރެކްޝަނުން ބުނީ 35 ބައިވެރިންނާއިއެކު ޤިރާޢަތު ކޯސް ފަށާފައިވާއިރު، އޭގެ ތެރޭގައި 31 ޤައިދީންނާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގެ 4 ކުޑަކުދިން ހިމެނޭ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދަނީ ޤައިދީން މުޖުތަމަޢުއަށް ނުކުތުމަށްފަހު އަލުން އަނބުރާ ޖަލަށް ނާންނާނެ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އިދާރާއިން ދެމުންގެންދާ ތަޢުލިމާއި ތަރުބިއްޔަތު ބިނާކޮށްފައިވާނީ މިގޮތަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޖަލުގައި ކޮންމެ މީހަކަށްވެސް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުޞަތުގެ ބޭނުން ހިފައިގެން ގިނަ ޤައިދީން ގެންދަނީ އެމީހުންގެ ތަޢުލީމީ ޙަޔާތް ފުރިހަމަ ކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)