logologologologo
STO
ޚަބަރު

އައްސޭރި ޖަލުގެ ޤައިދީން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފި

އައްސޭރި ޖަލުގެ ޤައިދީން ހިންމަފުށީ ސުކޫލަށް 130 ޑެސްކް ޖަހައިދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 08

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހައިދީފިއެވެ.

ކަރެކްޝަނުން ބުނީ މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުން ކަމަށެވެ.

މި މަސައްކަތަކީ އިޖްތިމާޢީ ގޮތުން އެހީތެރިވެދިނުމަށް ހިލޭ ކޮށްދެވިފައިވާ މަސައްކަތެއް ކަމަށާއި މި މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުން ކަމަށް ކަރެކްޝަނުން ބުންޏެވެ.

އެ އިދާރާއިން ބުނީ މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް