ނަފްސާނީ އުދަގޫތައް ތަހައްމަލްކުރާ ފަރާތްތަކުން މެންޓަލް ހެލްތު ހޮޓްލައިނަށް ގުޅަން އިލްތިމާސްކޮށްފި

ނަފްސާނީ އުދަގޫތައް ތަހައްމަލްކުރާ ފަރާތްތަކުން މެންޓަލް ހެލްތު ހޮޓްލައިނަށް ގުޅުއްވުމަށް ޞިއްޙަތާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިފަދައިން ގޮވާލެއްވީ، މުޖުތަމަޢުގައި ފަހަކަށް އައިސް ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އެ ވުޒާރާއިން ބުނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ބޭފުޅުންނާއި، ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނީ، މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާ ކުރާ މަޢުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަމެއް ކަމަށެވެ.
އެ ވުޒާރާއިން ވަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރެއްވުމަށްވެސް ވަނީ ގޮވާލައިފައެވެ.
އިތުރަށް




.gif.gif&w=828&q=100)