logologologologo
STO
ދުނިޔެ

އީރާނުގެ އިގްތިސާދީ މަގުތައް ބަންދުކުރުމަށް އެމެރިކާއިން "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ފަށައިފި

އީރާނުގެ އިގްތިސާދީ މަގުތައް ބަންދުކުރުމަށް އެމެރިކާއިން "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ފަށައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 25

އީރާނުގެ މާލީ އަދި އިގްތިސާދީ ވަސީލަތްތައް މުޅި ދުނިޔޭގައި ބަންދުކޮށް، އެ ގައުމުގެ އިގްތިސާދު އިނދަޖައްސާލުމުގެ މަގުސަދުގައި އެމެރިކާއިން ވަރުގަދަ އިގްތިސާދީ ފިއަވަޅުތަކެއް އަޅަން ފަށައިފިއެވެ. "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި ކުރިއަށްދާ މި ހަރަކާތް އިއުލާން ކުރެއްވީ އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބެސެންޓް ވިދާޅުވީ، އީރާނަށް އާމްދަނީ ލިބޭ އެންމެހައި މަގުތައް، ހާއްސަކޮށް ތެލުގެ ވިޔަފާރި ހުއްޓުވައި، އެ ގައުމާއެކު އެހެން ގައުމުތަކުންނާއި ކުންފުނިތަކުން ވިޔަފާރިކުރުން ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން އެމެރިކާ ނުވަތަ އީރާނާ ދެމެދު ވަކި ފަރާތެއް ނަގަންޖެހޭނެ ކަމަށާއި، އީރާނަށް އެހީތެރިވެދޭ ފަރާތްތަކާ ދެކޮޅަށް ސެކަންޑަރީ ސެންކްޝަންސް ނުވަތަ ދެވަނަ ދަރަޖައިގެ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މި އޮޕަރޭޝަންގެ ދަށުން އީރާނުގެ އިގްތިސާދީ 5 މައިގަނޑު ދާއިރާއަކަށް އަމާޒުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ޑިޖިޓަލް އެސެޓްސް، ޓެކްނޮލޮޖީ، ރަން، އޭވިއޭޝަން އަދި ޝިޕިންގ ހިމެނެއެވެ. މީގެ އިތުރުން ޔޫއޭއީ، ހޮންކޮންގ، ޗައިނާ، ސިންގަޕޫރު އަދި ސުވިޓްޒަލޭންޑަށް ނިސްބަތްވާ 60 ކުންފުންޏަކާއި އުޅަނދަކާއި ވަކިވަކި ފަރުދުންނަށް ވަނީ އާ ސެންކްޝަންތައް ކުރިމަތިކުރުވާފައެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް 6 މަސް ވެފައިވާއިރު، އަސްކަރީ ގޮތުން އީރާނުގެ ރޫހު މާލީކޮށްލެވިފައި ނުވާތީ، މިއީ އިގްތިސާދީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވައިގެން އީރާން މަޝްވަރާގެ މޭޒަށް ގެނައުމަށް އެމެރިކާއިން ކުރާ މަސައްކަތެކެވެ. ނަމަވެސް، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އެމެރިކާގެ މި އިންޒާރުތަކަށް ރައްދު ދެއްވައި، ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނަށް އާ ކަމެއް ނޫން ކަމަށާއި އެމެރިކާއިން ކުރީގެ ބާވެފައިވާ ރޭވުންތައް އަލުން ތަކުރާރު ކުރަނީ ކަމަށް ވިދާޅުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް