logologologologo
STO
ޚަބަރު

ގިނަ ދުވަސްތަކަށްފަހު އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ހާމަނާއީގެ ވީޑިއޯއެއް އާންމުކޮށްފި

ގިނަ ދުވަސްތަކަށްފަހު އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ހާމަނާއީގެ ވީޑިއޯއެއް އާންމުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 09

ގިނަ ދުވަސްތަކަކަށްފަހު އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ހާމަނާއީގެ އައު ވީޑިއޯއެއް އާންމުކޮށްފިއެވެ.

މިއީ ކުރިން އާންމުކޮށްފައި ނުވާ ވީޑިއޯއެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ވީޑިއޯ އާންމުކޮށްފައި މިވަނީ މުޖުތަބާ ޚާމަނާއީގެ ޙާލުކޮޅު ވަރަށް ދެރަކަމަށް ފެތުރުނު ރިޕޯޓްތަކަށްފަހުގައެވެ.

​އީރާނުގެ ސެމީ-އޮފިޝަލް މެހެރް ނިއުސް އޭޖެންސީން އާންމުކުރި މި ވީޑިއޯއިން ފެންނަނީ މުޖުތަބާ ޚާމަނާއީގެ އަރިހުގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބަވަނިކޮށް، އެބޭފުޅުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާ މަންޒަރެވެ.

​ނަމަވެސް، މި ވީޑިއޯ ރެކޯޑުކުރި ތާރީޚެއް، އުޅުއްވި ތަނެއް ނުވަތަ އަރިހުގައި ތިއްބެވި ބޭފުޅުންނަކީ ކޮބައިކަމެއް މެހެރް އޭޖެންސީން ހާމަކޮށްފައެއް ނުވެއެވެ.

އެ އޭޖެންސީން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޖުތަބާ ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވާފައެވެ.

​މި ބައްދަލުކުރެއްވުމުގައި އީރާނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި އާންމުންގެ އާންމު ދިރިއުޅުމުގެ ބޭނުންތަކާއި، އެމެރިކާއާއެކު ހިނގަމުންދާ އަސްކަރީ ނުތަނަވަސްކަމުގެ އިތުރުން "އެކުވެރި ޤައުމުތަކާއިއެކު އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމުގެ" ކަންކަން ހިމެނޭކަމަށްވެސް އެ އޭޖެންސީން ބުނެފައިވެއެވެ.

މި އަހަރުގެ ފެބުރުއަރީ 28 ގައި، އިސްރާއީލާ އެމެރިކާ ގުޅިގެން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ހާމަނާއި އަވަހާރަަކޮށްލުމާއި ގުޅިގެން އީރާނުގެ އައު ރޫޙާނީ ލީޑަރަކީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީއެވެ. މި ދުވަހު ބާރުގަދަ 900 ހަމަލާ، ގާތަގަނޑަކަށް 12 ގަޑިއިރު ތެރޭ އެމެރިކާއިން އީރާނަށް ވަނީ ދީފައެވެ.

އެ ދުވަހު ހާމަނާއީގެ ގެކޮޅަށް ދިން ހަމަލާގައި މުޖުތަބާ ވެސް ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންފައި ވާތީއާއި ސަލާމަތީ ސަބަބުތަކަށްޓަކައި ނިކުމެވަޑައިގެން ނޫޅުއްވަނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް