logologologologo
STO
ދުނިޔެ

އީރާނުން އޭނާގެ ދަރިއަކު މަރާލަން އުޅުނު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ތުހުމަތުކޮށްފި

އީރާނުން އޭނާގެ ދަރިއަކު މަރާލަން އުޅުނު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ތުހުމަތުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 25

އީރާނުން އޭނާގެ ފިރިހެން ދަރިންގެ ތެރެއިން ދަރިއަކު މަރާލަން މަސައްކަތްކުރި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތުކޮށްފިއެވެ. ނަމަވެސް އެއީ ކޮން އިރަކު، ކޮން ތަނެއްގައި ހިންގަން އުޅުނު ހާދިސާއެއް ކަމެއް އަދި އަމާޒުކުރީ އޭނާގެ ކޮން ދަރިއަކަށް ކަމެއް ނަތަންޔާހޫ ހާމަކޮށްފައެއް ނުވެއެވެ.

އޯގަސްޓު 24 ވީ ހޯމަ ދުވަހު އިސްރާއީލުގެ ކޮންސަވޭޓިވް ކެނަލް 14 އަށް ދިން ފޯނު އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ، "މިއީ ގަބޫލުކުރަންވެސް ދަތި ހާދިސާއެއް. އީރާނުން އަމާޒުކުރީ މަގޭ ފިރިހެން ދަރިންގެ ތެރެއިން ކުއްޖަކަށް. އީރާނުން މަސައްކަތްކުރީ މަގޭ ދަރިއަކު މަރާލަން،" ކަމަށެވެ.

ނަތަންޔާހޫ މިފަދަ ތުހުމަތެއް ކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހު އިސްރާއީލުގައި ބާއްވާ އާންމު އިންތިޚާބުގެ ސަވޭތަކުން އޭނާގެ ކޯލިޝަނަށް އޮތް ތާއީދު ދަށްވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާއެއްގައި އީރާނުގެ ރޫހީ މުރްޝިދު އަލީ ޚާމަނާއީއާއި އޭނާގެ އާއިލާގެ 4 މެންބަރަކު އަވަހާރަކޮށްލުމާ ގުޅިގެން ހިނގަމުންދާ ހަނގުރާމައިގެ ތެރެއިންނެވެ.

ނަތަންޔާހޫގެ ތިން ދަރިން (ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއެއް) ތިބޭއިރު، އިސްރާއީލުގެ ސެކިއުރިޓީ އޭޖެންސީތަކުން ވަނީ މިދިޔަ ޖުލައި މަހު އޭނާގެ ދެ ފިރިހެން ދަރިންނާއި އަންހެނުންނަށް ދެމުންދާ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްދީފައެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޔާއިރް (35 އަހަރު) މިއަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ މިއާމީގައި ދިރިއުޅެމުންދާއިރު، އޭނާގެ ސެކިއުރިޓީއަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދާ މެދު އިސްރާއީލުގައި ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

އަނެއްކޮޅުން، އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފާނެ ކަމަށް ބުނެފައެވެ. ޚާމަނާއީ އަވަހާރަވިތާ ހަފްތާއެއް ފަހުން އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އީރާނުގެ އާ ރޫހީ މުރްޝިދަކަށް ހަމަޖައްސާފައިވާއިރު، އޭނާ ވަނީ ބައްޕާފުޅުގެ ބަދަލުހިފާނެ ކަމަށް ވިދާޅުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް