logologologologo
STO
ޚަބަރު

މަޝްހޫރު ވޮލީ ކުޅުންތެރިއަކު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

މަޝްހޫރު ވޮލީ ކުޅުންތެރިއަކު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 22

މަޝްހޫރު ވޮލީ ބޯޅަ ކުޅުންތެރިޔާ އަޙުމަދު ފާޒިލް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އަޙުމަދު ފާޒިލްއަކީ ދިވެހިރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި ވެސް ހަރަކާތްތެރިވެފައިވާ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިއެކެވެ. އޭނާއަކީ ޤައުމީ ޓީމުގެ އިތުރުން އެކި މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

ފުލުހުން ވިދާޅުވީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ވ. ކެޔޮދޫއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ / ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

 އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. 

މި އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް