logologologologo
STO
ޚަބަރު

ޤައުމީ ފުޓްސަލް ޓީމު ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން މުސާރަ ދެނީ

ޤައުމީ ފުޓްސަލް ޓީމު ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން މުސާރަ ދެނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 13

ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން މުސާރަ ދިނުމުގެ މަސައްކަތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފައި ވަނީ ފުޓްސަލް ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުލިބެނީ، އެފްއޭއެމް އިން ފުރިހަމަ ކުރަން ޖެހޭ ބައެއްކަންކަން ހުރުމުން ކަމަށެވެ.

ޒަރީރު ވިދާޅުވީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުތަކުން ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރާތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވާ ކަމަށެވެ. އެކަމަކު ޤައުމީ ޓީމުތަކުގައި ކުޅޭ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ކުޅިވަރާ ބެހޭ ވުޒާރާގައި އުސޫލުތަކެއް ހެދިފައިވާ ކަމަށާއި އޭގެ ތެރޭގައި ތަމްސީލުކުރާ އެސޯސިއޭޝަނަކުން ހިންގާ ނުވަތަ ބަލައިގަންނަ ޤައުމީ ފެންވަރުގެ މުބާރާތެއް އޮންނަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެފަދަ މުބާރާތެއް އެފްއޭއެމްގެ ހިއްސާއާއެކު ބޭއްވިފައިނުވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، އެފްއޭއެމްއާއި ކްލަބް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސް ކަޕަކީ މިހާރު އެފްއޭއެމްއިން ޤައުމީ މުބާރާތް ލެވަލްގައި ބަލައިގަންނަ މުބާރާތެއް ކަމަށެވެ. އެހެންވެ، ކުޅިވަރާ ބެހޭ ވުޒާރާއިން އެކުލަވާލައިފައިވާ އުސޫލުގެ ތެރެއިން އެންމެ މުހިންމު އެއްކަންތައް އެފްއޭއެމް އަށް މިހާރު ކުރެވިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޤައުމީ ފުޓްސަލް ޓީމުން ވަނީ މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ ސާފުން ފުޓްސަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް