ޤައުމީ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވަނީ

ޤައުމީ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކުރަން މާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026'' ގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 22:15އާއި 22:45އާ ދެމެދުގެ ވަގުތެއްގައި ހަވާ އަރުވާނެ ކަމަށެވެ.
ހަވާ އަރުވާނީ އާޓިފިޝަލް ބީޗާ ދިމާ ބޭރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ޤައުމީ ފުޓްސަލް ޓީމު މިރޭ ރާއްޖެ އަންނަން ހަމަޖެހިފައި ވާއިރު، އާޓިފިޝަލް ބީޗުގައި ހަވާ އެރުމުމާ އެކު އުފާފާުކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ.
ދިވެހި ޤައުމީ ފުޓްސަލް ޓީމު މިވަނީ މި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވި "ސާފު ފުޓްސަލް ޗެމްޕިއަންޝިޕް" ކާމިޔާބު ކޮށްފައެވެ. ޤައުމީ ޓީމު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު އެ ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރެކޯޑެއް ގާއިމުކޮށްފައިކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)