ރާއްޖެ އާއި ފަލަސްތީނު ވާދަކުރާ އެކުވެރިކަމުގެ ފުރަތަމަ މެޗު މިރޭ

ރާއްޖާގައި މިހާރު ތަމްރީން ހަދަމުން އަންނަ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރާ އެކުވެރިކަމުގެ ފުރަތަަމަ މެޗު މިރޭ އޮންނާނެއެވެ.
އަންނަ އަހަރު ސައުދި އަރަބިއްޔާގައި އޮންނަ އޭފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ޓްރެއިނިން ކޭމްޕަށް ރާއްޖެ އައީ މިދިޔަ ހޯމަ ދުވަހުއެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ނިންމާފައިވާއިރު، މިއިން ކޮންމެ މެޗެއްގައިވެސް ވިއްކާނީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި، ސްވެނިއާ ގޯލްޑްގެ 200 ޓިކެޓެވެ.
ސްވެނިއާ ޕްލެޓިނަމް ޓިކެޓުގެ އަގަކީ 1000ރ. ވީއައިޕީ ރޮސްޓްރޫމް (50 ޓިކެޓް)
ސްވެނިއާ ގޯލްޑް ޓިކެޓުގެ އަގަކީ 500ރ. ވީއައިޕީ ގޮނޑި (200 ޓިކެޓް)
އެކުވެރިކަމުގެ މެޗުގައި ފަލަސްތީނާއި ރާއްޖެ ވާދަކުރާ ދެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާ ކުރަން ވަނީ ނިންމައިފައެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ވާދަކުރާ އެކުވެރި ކަމުގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30ގައެވެ.
އިތުރަށް





.gif.gif&w=828&q=100)
