ރާއްޖޭގެ އަންހެން ޓީމު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެ

ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.
ތައިލެންޑުގެ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 1-11 ގެ ނަތީޖާއަކުންނެވެ.
މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އިންޑީއާއިން ވަނީ 5 ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މިތީލާ ރަމާނީއާއި ރިތިކާ ސިންގްގެ އިތުރުން، ޚުޝްބޫ ޝަރޯޖާއި ސޮނާލީ މޮންޑާލްއެވެ. ތިރިކާ ވަނީ މި ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފަހު ތިން ލަނޑު އިންޑިއާއިން ޖަހާފައިވަނީ ގާތްގަނޑަކަށް މިނެޓެއްހާއިރުގެ ތެރޭގައެވެ.
މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ގައުމީ އަންހެން ފުޓްސަލް ޓީމުން ދެ ވަނަ މެޗުގައި، ބުރާސްފަތި ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، މި މަހު 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅޭނެ އެވެ. އަދި، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. އޭގެ ފަހުން، ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
އިތުރަށް





.gif.gif&w=828&q=100)
