logologologologo
STO
ދުނިޔެ

ކުރަފި ޕާޓީ މުޒާހަރާގައި ބައިވެރިވުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކޮއްލަނީ!

ކުރަފި ޕާޓީ މުޒާހަރާގައި ބައިވެރިވުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކޮއްލަނީ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 15

އިންޑިއާގެ މުމްބާއީގައި ސަރުކާރާ ދެކޮޅަށް ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިންޑިއާއިން ފުރައިގެން ދިއުމަށް އެ ޤައުމުގެ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އިން އަންގައިފިއެވެ.

އަމެރިކާގެ ރައްޔިތެއް ކަމަށްވާ އިމްރާން ޚާން އިންޑިއާގައި ދިރިއުޅެމުންދަނީ އޯވަސީސް ސިޓިޒަން އޮފް އިންޑިއާ (އޯސީއައި) ކާޑެއްގެ ދަށުންނެވެ۔ އޭނާ އިންޑިއާއިން ފޮނުވާލަން އެފްއާރުއާރުއޯ އިން އެންގީ، އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރުގެ އިސްތިއުފާއަށް އެދި އޮކްޓޯބަރު 10 ވަނަ ދުވަހު މުމްބާއީގެ އޮގަސްޓް ކްރަންތި މައިދާނުގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ބޭއްވި މުޒާހަރާގައި ބައިވެރިވުމުން، ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު ކިރިތު ސޯމައްޔާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސޯމައްޔާ ވަނީ ބޭރު ޤައުމެއްގެ ރައްޔިތަކު އިންޑިއާގައި އާމްދަނީ ހޯދަމުން، ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މައްސަލަ ސުވާލު އުފައްދައި، ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.

މި މުޒާހަރާގެ ތެރެއިން އިމްރާން ޚާންއާއި އޭނާގެ ލޯބިވެރިޔާގެ އިތުރުން އާއިލާގެ ބައެއް މީހުންނާއެކު ޖުމްލަ 400 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މުޒާހަރާގެ ތެރެއިން ވާހަކަދައްކަމުން އިމްރާން ބުނެފައިވަނީ، އޭނާ އެތަނަށް ދިޔައީ ވަކި ސިޔާސީ އެދުމެއް އޮވެގެން ނޫން ކަމަށާއި، އެ ސިޓީގައި ދިރިއުޅޭ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ސަބަބު ދެނެގަތުމަށް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިމްރާން ޚާންގެ އަންހެން ކޮއްކޮގެ ދަރިފުޅު ޒޭން ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާއަށް އަނިޔާކޮށް މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ، ލިބުނު އަނިޔާތައް ދައްކުވައިދޭ ވިޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް