logologologologo
STO
ޚަބަރު

ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފި

ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 12

ޤަވާޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 09 ލައްކައަށްވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މި ފައިސާ އަތުލައިގެންފައި ވަނީ މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި 905،669.80 ( ނުވަ ލައްކަ ފަސްހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަހާސް އަށްޑިހަ ލާރި) އަށްވާވަރަށް ބޭރު ފައިސާ ފެނިފައިވަނީ ރާއްޖެއިން ބޭރަށް ފުރަން ގޮސްހުރި އިންޑިއާ މީހެއްގެ އަތުންނެވެ.

 

View post on Twitter

 

ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ބޭރު ކުރަން އުޅުނު މި ފައިސާގެ ތެރޭގައި އެކި ޤައުމުތަކުގެ ބޭރު ފައިސާ ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެއިން ބޭރަށްދާއިރު، 10،000 ޑޮލަރަށް ވުރެ އިތުރު އަދަދެއް ގެންދާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހޭއިރު، އެ ފައިސާ ހޯދި ގޮތުގެ ލިއުންވެސް ހުށަހަޅަންޖެހޭ ގޮތަށް ޤާވާޢިދުގައިވެއެވެ. އަދި 10,000 ޑޮލަރަށްވުރެ މަދު އަދަދެއް އަތުގައި ހުރިނަމަވެސް، އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ފައިސާ ހޯދި ގޮތް ސާފުކޮށްނުދެވޭނަމަ، މަނީ ލޯންޑްރިންގް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެ ފައިސާ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސް އޮފިސަރުންނަށް ލިބިގެންވެއެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް