logologologologo
STO
ޚަބަރު

ކުރަފި ޕާޓީ މުޒާހަރާތަކާއި ގުޅިގެން އިންޑިއާގެ ތަޢުލީމީ ވަޒީރު އިސްތިއުފާ ދެއްވައިފި

ކުރަފި ޕާޓީ މުޒާހަރާތަކާއި ގުޅިގެން އިންޑިއާގެ ތަޢުލީމީ ވަޒީރު އިސްތިއުފާ ދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 25

އިމްތިޙާނު ކަރުދާސްތައް ލީކުވި މައްސަލާގައި ކުރިއަށްދިޔަ ކުރަފި ޕާޓީ މުޒާހަރާތަކާއި ގުޅިގެން އިންޑިއާގެ ތަޢުލީމީ ވަޒީރު އިސްތިއުފާ ދެއްވައިފިއެވެ.

ތަޢުލީމީ ވަޒީރު ދަރްމެންދުރާ ޕްރަދާން ​އިސްތިޢުފާ ދެއްވާފައި މިވަނީ އިންޑިއާގެ ޤައުމީ ފެންވަރުގެ މުހިންމު އިމްތިހާނުތަކެއްގެ ކަރުދާސްތައް ލީކުވި މައްސަލައިގައި، ޒުވާނުންނާއި ދަރިވަރުން "ކޮކްރޯޗް ޖަންތާ ޕާޓީ"ގެ ނަމުގައި ކުރިއަށްގެންދިޔަ ވަރުގަދަ އިހުތިޖާޖުތަކަށްފަހުގައެވެ.

ދަރްމެންދުރާ އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ ސޯޝަލް މީޑިއާ އެކްސް މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައެވެ. އޭނާގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިހާރު ވަނީ އަރުވާފައެވެ.

​މި މައްސަލަ ހޫނުވީ މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ހަދާ އިމްތިހާނުގެ ކަރުދާސްތަކެއް ލީކުވުމާ ގުޅިގެންނެވެ. އެއާއެކު އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދުގައާއި އެހެނިހެން ސިޓީތަކުގައި އެތައް ހާސް ދަރިވަރުންނާއި ޒުވާނުން ވަނީ މަގުމައްޗަށް ނުކުމެ ވަރުގަދައަށް އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އިމްތިހާނު ނިޒާމުގެ ތެރޭގައި ބޮޑެތި ޚިޔާނާތްތަކެއް ހިނގަމުންދާއިރު، ސަރުކާރުން އެކަމުގެ ޒިންމާ ނަގަންޖެހޭނެއެވެ.

​އިސްތިއުފާ ދެއްވުމަށްފަހު ދަރްމެންދުރާ ވިދާޅުވީ، އޭނާގެ މަގާމަކީ ޝާނާއި ޝައުކަތުގެ މައްސަލައެއް ނޫން ކަމަށާއި، ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލާއި އިމްތިހާނު ނިޒާމުގެ އިތުބާރު ދެމެހެއްޓުމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށެވެ. އަދި މަސްލަހަތު ނަގާލަން މަސައްކަތްކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށާއި ދަރިވަރުންގެ ހައްގުގައި މި ނިންމުން ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.

​މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާގައި ޒުވާނުން ކުރި އިހުތިޖާޖުތަކަކާ ގުޅިގެން ބޮޑުވަޒީރު މޯދީ ސަރުކާރުގެ ކެބިނެޓު މިނިސްޓަރަކު އިސްތިއުފާ ދެއްވަންޖެހުނު ފުރަތަމަ ފަހަރެވެ. އިހުތިޖާޖު އިންތިޒާމުކުރި ފަރާތްތަކުން ވަނީ މިއީ ދަރިވަރުންނާއި ޒުވާނުންގެ ބާރު ދައްކުވައިދިން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް