logologologologo
STO
ޚަބަރު

އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ޑިއުޓީ ނުނަގާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި

އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ޑިއުޓީ ނުނަގާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 03

އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުން ނަގާ ދެ ބާވަތެއްގެ ޑިއުޓީ ނުނަގާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފިއެވެ.

މިއީ އިންޑިއާއިން އަވަށްޓެރި ޤައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތު ނުވަތަ ނެއިބަހުޑް ފަސްޓް ޕޮލިސީގެދަށުން އެޅި ފިޔަވަޅެކެވެ.

މި ސިޔާސަތުގެ ދަށުން ކަނޑާލި ޑިއުޓީގެ ތެރެއިން އެސްއޭއީޑީ އަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވާ ވަގުތުތަކުގައި އޭގެ ފައިިދާ ލިނބިގަތުމަށް އަމާޒުކޮށްގެން ނަގާ ޑިއުޓީ އެކެވެ. 

އިންޑިއާއިން ރާއްޖެ ހިމެނީ ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ (އެސްއޭއީޑީ) އާއި ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް (އާރްއައިިސީ) ނުނަގާ ޤައުމުތަކުގެ ލިސްޓްގައެވެ.

މި ލިސްޓްގައި ކުރިން އޮތީ ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ. ޖޫން 30 ގައި އެ ލިސްޓަށް ބަދަލު ގެނެސް އިތުރުކުރީ ރާއްޖެއާއި މޮރިޝަސްއެވެ.

 

View post on Twitter

 

އެސްއޭއީޑީގެ ގޮތުގައި ޕެޓްރޯލް ލިޓަރަކުން  ހަތަރު ރުޕީސް ޑީސަލް ލިޓަަރަކުން 8.5 ރުޕީސް އެސްއޭއީޑީގެ ގޮތުގައި މިހާރު ނަގަ އެވެ. ޑިއުޓީގެ ދެބައެއް ރާއްޖެއިން ދައްކަން ނުޖެހުމުން އިންޑިއާއިން ތެޔޮ އެތެރަކުރަން ރާއްޖޭން ކުރަން ޖެހޭ ހަރަދުކުޑަވާނެ އެވެ.

އިންޑިއާއިން ރާއްޖެއަށް މި ލުއި ދީފައި މިވަނީ އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑެ، ރާއްޖެއަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ވަގުތެއްގައިކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް