logologologologo
STO
ދުނިޔެ

އިންޑިއާގައި އުމުރުން 12 އަހަރުގެ މުސްލިމް ކުއްޖަކު އުފެއްދި ސޯލާ ބައިސްކަލަށް ބޮޑު ސަމާލުކަމެއް

އިންޑިއާގައި އުމުރުން 12 އަހަރުގެ މުސްލިމް ކުއްޖަކު އުފެއްދި ސޯލާ ބައިސްކަލަށް ބޮޑު ސަމާލުކަމެއް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 02

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ސޮލާޕޫރަށް ނިސްބަތްވާ އުމުރުން އެންމެ 12 އަހަރުގެ ދަރިވަރަކު، އަމިއްލަ އުފެއްދުންތެރިކަމާއެކު ސޯލާ ބައިސްކަލެއް ތައްޔާރުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޢަބްދުﷲ އިމްރާން މަންގަލްގިރީ ނަމަކަށް ކިޔާ މި ކުއްޖާއަކީ އެ ސަރަހައްދުގެ ސްކޫލެއްގައި ގްރޭޑް 7 އެއްގައި ކިޔަވަމުންދާ ދަރިވަރެކެވެ.

މި ބައިސްކަލް އޭނާ އުފައްދާފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެތެރޭގައި ނަމަވެސް އެ ބައިސްކަލަށް ބޮޑު ސަމާލުކަމެއް މިހާރު ވަނީ ލިބިފައެވެ. ​

ޢަބްދުﷲ މި ބައިސްކަލު ފަރުމާކޮށްފައިވަނީ އާދައިގެ ބައިސްކަލެއް ބަދަލުކޮށްލައިގެން، އެންމެ 9,000 އިންޑިއަން ރޫޕީސް (ގާތްގަނޑަކަށް 108 ޑޮލަރު) ގެ ކުޑަ ބަޖެޓަކުންނެވެ.

މި ބައިސްކަލުގެ ޚާއްސަ ސިފަތަކުގެ ތެރޭގައި ​ހައިބްރިޑް ސިސްޓަމް ހިމެނެއެވެ. ބައިސްކަލު ދުއްވޭނީ އަވިން ހަކަތަ ހޯދާ ސޯލާ ޕެނަލްއިންނާއި، ރީޗާޖްކުރެވޭ ބެޓެރިންނެވެ. މީގެ އިތުރުން އާދައިގެ ބައިސްކަލެއް ފަދައިން ފައިން ފިތައިގެން (ޕެޑަލް ކޮށްގެން) ވެސް ދުއްވޭނެއެވެ.

މި ބައިސްކަލުގައި ހިމެނޭ ​ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ބައިސްކަލުގައި ޑިޖިޓަލް ސްޕީޑޯމީޓަރަކާއި، ސެންޓްރަލް ލޮކިންގް ސިސްޓަމެއްގެ އިތުރުން ޖީޕީއެސް (GPS) ޓްރެކިންގް އަދި އަޑުން ކޮންޓްރޯލް ކުރެވޭ "ވޮއިސް ކޮންޓްރޯލް" ޓެކްނޮލޮޖީ ހިމަނާފައިވެއެވެ.

ޢަބްދުﷲ ބުނި ގޮތުގައި އޭނާ މިހާރު މި ބައިސްކަލު ބޭނުންކުރަނީ ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށެވެ. އަދި އޭނާގެ ކުރިމަގުގެ އުންމީދަކީ ސައިންސްވެރިއަކަށް ވެގެން އާންމު ރައްޔިތުންނަށް ފައިދާހުރި ބޮޑެތި އީޖާދުތައް ކުރުމެވެ. މި ކުޑަކުއްޖާގެ ހުނަރާއި މޮޅު ވިސްނުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައާއި ޤައުމީ ފެންވަރުގައި ތައުރީފު ކުރަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް