ޑްރަގް އެތެރެކޮށް ވިޔަފާރިކުރި ޒުވާނަކު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ޑްރަގް އެތެރެކޮށް ވިޔަފާރިކުރި ޒުވާނަކު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ފެހިވިލާގެ / ށ. މާއުނގޫދޫ، މުޙައްމަދު ފާރިޤު (28އ) 25 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އޭނާ 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް އެ ޙުކުމްގައި ކަނޑައަޅާފައިވެއެވެ.
މި ޙުކުމް އިއްވާފައިވަނީ ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން، 2026 އޮގަސްޓު 10ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2020 ނޮވެމްބަރު 24ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ޖަނަވަރީ 6ވަނަ ދުވަހު ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)