logologologologo
STO
ޚަބަރު

ނޫސްވެރިޔާ ސާއިދުގެ ޙާލުދެރަވެ އައިސީޔޫގައި ފަރުވާދެނީ

ނޫސްވެރިޔާ ސާއިދުގެ ޙާލުދެރަވެ އައިސީޔޫގައި ފަރުވާދެނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 10

ޕީއެސްއެމްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ޙާލު ދެރަވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ޕީއެސްއެމްއިން ބުނި ގޮތުގައި ސާއިދަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޙާލު ދެރަވުމާގުޅިގެންނެވެ.

ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދަށް އައިސީޔޫގައި ފަރުވާދޭން ފަށާފައިވާއިރު، އޭނާ ދިޔައީ އާސަންދައިގެ އެހީގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ.

ފަރުވާގެ ހުރިހާ ކަމެއް ހަމަޖެހި މިމަހުގެ 13 ވަނަ ދުވަހު ލަންކާއަށް ދިއުމަށް ހުރިހާކަމެއް އޮތީ ހަމަޖެހިފައެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެކަން އޭނާއަށް އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ.

އެފަހުން އޭނާ ދިޔައީ ޑަޔަލަސިސް ހަދާ، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި ގާތްއެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތް އޭނާ ދިޔައީ ކުރަމުންނެވެ.

ބަލި ޙާލަތާއެކުވެސް ސާއިދު ފާހަގަކުރެވިފައިވަނީ ވަޒީފާއަށް ކަމޭހިތާ، ޕީއެސްއެމްގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާއި ގުޅުނު ޒުވާން ސާއިދަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ވަކިން ޚާއްސަކޮށް ކޮމެންޓްރީ ދިނުމާއި، ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި އޭނާއަކީ ފާހަކޮށްލެވޭ ނޫސްވެރިއެކެވެ.

ކުޅިވަރު އާއިލާގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ސާއިދަށް މިވަގުތު ބޭނުންވަނީ އެންމެންގެ ހެޔޮ ދުޢާއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް