"ނޭޝަން ޗެޓް" ގެ ނަމުގައި ޕީއެސްއެމްއިން މުޅިން އައު ޝޯއެއް މިރޭ ފަށަނީ

"ނޭޝަން ޗެޓް" ގެ ނަމުގައި ޕީއެސްއެމްއިން މުޅިން އައު ޝޯއެއް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.
ޕީއެސްއެމްއިން ބުނީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޕީއެސްއެމްއިން ބުންޏެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު މިރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ސިޔާސީ މަޝްރަހާއި ޤައުމުގެ ތަރައްގީ އާއި ޞިއްޙީ ދާއިރާ އާއި އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ވަޠަނީ ޚިދުމަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ހިއްސާކުރައްވާނެއެވެ. މި ޕްރޮގްރާމް މިރޭ 9:00ގައި ޕީއެސްއެމް ނިއުސް އާއި ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮންމެ ހަފުތާއެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މެދުވެރިކޮށް ނޫސްވެރިން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮންމެ ހަފުތާއަކު "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައިވެސް ޚާއްސަ ޕްރޮގްރާމެއް ސަރުކާރުން ދަނީ ހިންގަމުންނެެވެ.
ހަމައެހެންމެ މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރައީސް އުފެއްދެވި ޚާއްޞަ ކޮމިޓީން ވެސް ކޮންމެ ހަފުތާއަކު ނޫސްވެރިންނަށް މަޢުލޫމާތުދެއްވައެވެ. މި ކޮމިޓީގައި ތިއްބަވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނެވެ.
އިތުރަށް





.gif.gif&w=828&q=100)