logologologologo
STO
ޚަބަރު

ޚިޔާލު ތަފާތުވިޔަސް އެންމެން ތިބެންވާނީ ޤައުމާ އެއްކޮޅަށް ކަމަށް ރައީސް ވިދާޅުވެއްޖެ

ޚިޔާލު ތަފާތުވިޔަސް އެންމެން ތިބެންވާނީ ޤައުމާ އެއްކޮޅަށް ކަމަށް ރައީސް ވިދާޅުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 26

ޚިޔާލު ތަފާތުވިޔަސް އެންމެން ތިބެންވާނީ ޤައުމާ އެއްކޮޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދޭ 'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަހު އެމަނިކުފާނު ދެއްވި ތަޤުރީރާބެހޭ ގޮތުން ޕްރެޒެންޓަރު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މާޒީއަށް ބަލާއިރުގައިވެސް އަދި މިހާރުވެސް އެކި މަޤްޞަދުތަކުގައި، ގަސްދުގައި ނުވަތަ ނޭނގި ނަމަވެސް ޤައުމާއި ދެކޮޅަށް މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. ޤައުމާ ދެކޮޅުވުމަކީ ކޮންމެހެން ކަނޑިބަޑި ނަގައިގެން ހަނގުރާމަ ކުރުން ނޫން ކަމަށާއި ފިކުރީ ގޮތުންވެސް ޤައުމާ ދެކޮޅު ވެވިދާނެ ކަމަށާއި އެގޮތުން ލިޔެވޭ އެއްޗަކުން ނުވަތަ ބުނެވޭ ބަހަކުން، ކުރެވޭ ޢަމަލަކުންވެސް ޤައުމާ ދެކޮޅު ވެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އެއްބައިވަންތަ ބައެއް. އެއްބައެއްވަންތަ ބައެއް. މީ ދިވެހި ޤައުމަކީ. މި ދިވެހި ޤައުމުގައި އޮތް އަޞްލުތައް މި ބަހާތައް، މި ކަންކަން ފުނޑުފުނޑުވާ މިކަންކަން ވީރާނާވާ ގޮތަށް ކުރެވޭ ހަމަ ކޮންމެ ކަމަކީ ޤައުމާ ދެކޮޅަށް ކުރެވޭ ކަންކަން." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިގޮތަށް ކަންކަން އެބަ ކުރެވޭ ކަމަށާއި ކުރިންވެސް އެގޮތަށް ކަންތައްކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމުގެ އަޞްލުތަކާއި ބަހާތައް ފުނޑުފުނޑުވިޔަ ނުދިނުމަށް އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް ހޭއަރައި ތިބެންޖެހޭ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވުން ހުރި ނަމަވެސް އެކަން ޤައުމަށްވުރެ އިސްކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިޤްތިޞާދީ ގޮތުން ވެސް ޤައުމާ ދެކޮޅު ވާހަކަ ދެއްކިދާނެ ކަމަށާއި އެގޮތުން މީގެ ކުރީގައި، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ވަރަށް ގިނައިން ގޮވާފައި އެބަހުރި ކަމަށާއި އެއީ ޤައުމާ އެއްކޮޅަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. ޤައުމަށް ފައިދާ ވާނެ ކަމަކަށް ހުރަސްއެޅުމަކީ ޤައުމާ ދެކޮޅުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގައި ސިޔާސީ ކަންކަން ފެށިގެން އައި ދުވަސްވަރު ހއ. ދިއްދޫ ރަށު އޮފީސްތެރެއަށް މަސްތަކެއް އަޅައިލި ހާދިސާގެ ވާހަކަ ހިއްސާ ކުރައްވައިފައެވެ. އަދި އެ ހާދިސާގެ ސަބަބުން އަޅުގަނޑުމެންގެތެރޭގައި އޮންނަ އިޙުތިރާމް އަދާކުރުމުގެ ރީތި އާދަ ނެތިގެންދިއުން ފަދަ އެތައް ކަމެއް ގޯސްވެގެންދިޔަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް