ވަޒީފާއިން ވަކި ކުރުމުގައި މަލްޝާ އަދި ޝިއުނާ އާއި ގުޅުމެއް ނެތް، އަދަދު ނޫހުން ހެދީ ދޮގު: ރާއިފް
.jpg&w=3840&q=100)
ޔޫތް މިނިސްޓްރީގެ ކުރީގެ 2 ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފް އާއި މަރިޔަމް ޝިއުނާއަށް ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލި ކަމަށްބުނެ އަދަދު ނޫހުން ގެނެސްދިނީ ދޮގު ހަބަރެއް ޕީއެސްއެމުން ވަޒީފާއިން ވަކި ކުރި ރާއިފް ޔޫސުފް ބުނެފި އެވެ.
ރާއިފް ވަނީ އަދަދު ނޫހުން ގެނެސްދިން ދޮގު ހަބަރާ ގުޅިގެން އެކަން ސާފުކޮށްދިނުމަށް މަލްޝާ އަދި ޝިއުނާ އާއި ބައްދަލުކޮށްފައެވެ. މިކަން ދުވެލި ނޫހަށް ވަނީ ކަށަވަރުވެފައެވެ. މި ބައްދަލުވުމުގައި ރާއިފް ވަނީ އެ ދެބޭފުޅުންގެ ބޮލުގައި އަދަދު ނޫހުން އަޅުވާފާ ދޮގު ތުހުމަތާ ގުޅިގެން މާފަށްވެސް އެދިފައެވެ.
އަދަދު ނޫހުގެ އިތުރުން ޗެނަލް 13 އިންވެސް މި ދޮގު ހަބަރު ވަނީ ގެނެސްދީފައެވެ. މި ހަބަރުގެ އިތުރުން ނިމިދޔަ ހަފްތާގައި ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބޭން ކުރިކަމަށް ބުނެ އެއްވެސް ތަފްސީލެއް ނެތި ޗެނަލް13 (ތޭރަ އޮންލައިން) އިން ވަނީ ދޮގު ހަބަރެއް ގެނެސްދީފައެވެ. އަދަދު ނޫހަކީ ވެސް މީގެ ކުރިންވެސް ދޮގު ހަބަރު އެތައް ފަހަރެއްގެ މަތީން ގެނެސްދީފައިވާ ނޫހެކެވެ. އެގޮތުން ރައީސް އޮފީހުގައި ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނެވެސް އަދަދު ނޫހުން މީގެ ކުރިން ވަނީ ދޮގު ހަބަރެއް ގެނެސްދީފައެވެ.
އިތުރަށް





.gif.gif&w=828&q=100)