logologologologo
STO
ޚަބަރު

5 މިލިއަން ގަސް - އުކުޅަހުގައި ބޭއްވި ޙަރަކާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

5 މިލިއަން ގަސް - އުކުޅަހުގައި ބޭއްވި ޙަރަކާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 05

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެދަށުން އއ. އުކުޅަހުގައި ބޭއްވި ގަސް އިންދުމުގެ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި މިއަދު ހަވީރު ކުރިއަށްގެންދެވި މި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންދެވީ ހިތިގަހެވެ. މި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ގަސްއިންދަވާފައެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި މިއަދު 19 ގަސް އިންދާފައިވެއެވެ. އޭގެ ތެރޭގައި، ރުކުގެ އިތުރުން، ކިނބި ގަހާއި، މަދީނާ ގަހާއި މޫނިމާ ގަސް ހިމެނެއެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިފުތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ. އޭގެ ފަހުން މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން އެކިބާވަތުގެ 1,830,599 ގަސް އިންދާފައިވެއެވެ.

މިއީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދައްކުވައިދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަދު ކުރިއަށް ގެންދިޔަ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް